﷽
بسم الله الرحمن الرحیم
ﯜ
ﯝ
ﯞ
ﯟ
ﯠ
ﯡ
ﯢ
ﯣ
ﯤ
ﯥ
ﯦ
ﯧ
هل اتى على الانسان حين من الدهر لم يكن شييا مذكورا ۱
divehi | ނަންގަނެވިގެންވާ އެއްޗެއްކަމުގައި އިންސާނާ ނުވާ ޒަމާންތަކެއް، އެ އިންސާނާގެ މައްޗަށް އައިކަން ކަށަވަރެވެ. |
---|
ﯨ
ﯩ
ﯪ
ﯫ
ﯬ
ﯭ
ﯮ
ﯯ
ﯰ
ﯱ
ﯲ
انا خلقنا الانسان من نطفة امشاج نبتليه فجعلناه سميعا بصيرا ۲
divehi | ހަމަކަށަވަރުން، އެއްކުރައްވާފައިވާ މަނިތިއްކަކުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ امتحان ކުރެއްވުމަށްޓަކައެވެ. ފަހެ، ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވީމެވެ. |
---|
ﯳ
ﯴ
ﯵ
ﯶ
ﯷ
ﯸ
ﯹ
ﯺ
انا هديناه السبيل اما شاكرا واما كفورا ۳
divehi | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. (އެއީ) އޭނާ شكر ވެރިވުމަށްޓަކައެވެ. ނޫނީ އޭނާ ދެކޮޅުވެރިވެ، كافر ވުމަށްޓަކައެވެ. |
---|
ﯻ
ﯼ
ﯽ
ﯾ
ﯿ
ﰀ
ﰁ
انا اعتدنا للكافرين سلاسل واغلالا وسعيرا ۴
divehi | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ كافر ންނަށްޓަކައި ހިލިހިލާތަކާއި، ކަސްތޮޅުތަކާއި، އަނދައަނދާ ހުންނަ ނަރަކަ، ތައްޔާރުކުރެއްވީމެވެ. |
---|
ﰂ
ﰃ
ﰄ
ﰅ
ﰆ
ﰇ
ﰈ
ﰉ
ﰊ
ان الابرار يشربون من كاس كان مزاجها كافورا ۵
divehi | ހަމަކަށަވަރުން، ހެޔޮލަފާ މީހުން ރާތަށްޓަކުން ބޯނެތެވެ. އެއާ އެއްކުރައްވާފައިވާ އެއްޗަކީ، كافور ކަމުގައިވިއެވެ. |
---|
ﭑ
ﭒ
ﭓ
ﭔ
ﭕ
ﭖ
ﭗ
ﭘ
عينا يشرب بها عباد الله يفجرونها تفجيرا ۶
divehi | އެއީ اللَّه ގެ (ހެޔޮލަފާ) އަޅުން އެއިން ބުއިމަށްވާ ފެންއާރެކެވެ. އެއުރެން ބޭނުންގޮތަކަށް އެއިން ފެންއަރުވާނެތެވެ. |
---|
ﭙ
ﭚ
ﭛ
ﭜ
ﭝ
ﭞ
ﭟ
ﭠ
يوفون بالنذر ويخافون يوما كان شره مستطيرا ۷
divehi | އެއުރެން ނަދުރު ފުއްދަތެވެ. އަދި އެދުވަހެއްގެ ނުރައްކާތެރިކަން ފެތުރިގެންދާ ދުވަހަކަށް (އެބަހީ: قيامة ދުވަހަށް) އެއުރެން ބިރުވެތިވެތެވެ. |
---|
ﭡ
ﭢ
ﭣ
ﭤ
ﭥ
ﭦ
ﭧ
ﭨ
ويطعمون الطعام على حبه مسكينا ويتيما واسيرا ۸
divehi | އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، مسكين ންނާއި، يتيم ންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ. |
---|
ﭩ
ﭪ
ﭫ
ﭬ
ﭭ
ﭮ
ﭯ
ﭰ
ﭱ
ﭲ
ﭳ
انما نطعمكم لوجه الله لا نريد منكم جزاء ولا شكورا ۹
divehi | (ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّه ގެ وجه ފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި شكر އެއްވެސް ތިމަންމެން ނޭދެމުއެވެ. |
---|
ﭴ
ﭵ
ﭶ
ﭷ
ﭸ
ﭹ
ﭺ
ﭻ
انا نخاف من ربنا يوما عبوسا قمطريرا ۱۰
divehi | ހަމަކަށަވަރުން، އެދުވަހެއްގައި، މޫނުތައް ގަދަފަދަގޮތެއްގައި ފުސްވެގެންވާ ދުވަހަކާމެދު، ތިމަންމެންގެ ވެރިރަސްކަލާނގެއަށް ތިމަންމެން ބިރުވެތިވަމުއެވެ. |
---|
ﭼ
ﭽ
ﭾ
ﭿ
ﮀ
ﮁ
ﮂ
ﮃ
ﮄ
فوقاهم الله شر ذالك اليوم ولقاهم نضرة وسرورا ۱۱
divehi | ފަހެ، އެދުވަހުގެ ނުބައިކަމުން اللَّه، އެއުރެން ރައްކާތެރި ކުރެއްވިއެވެ. އަދި މޫނު އަލިކަމާއި، އުފާވެރިކަން އެއުރެންނަށް ދެއްވިއެވެ. |
---|
ﮅ
ﮆ
ﮇ
ﮈ
ﮉ
ﮊ
وجزاهم بما صبروا جنة وحريرا ۱۲
divehi | އެއުރެން ކެތްތެރިވިކަމަށްޓަކައި، ޖަޒާއެއްގެ ގޮތުގައި އެއުރެންނަށް ސުވަރުގެއާއި، ފަށުއި ފޭރާން ދެއްވިއެވެ. |
---|
ﮋ
ﮌ
ﮍ
ﮎ
ﮏ
ﮐ
ﮑ
ﮒ
ﮓ
ﮔ
ﮕ
ﮖ
متكيين فيها على الارايك ۖ لا يرون فيها شمسا ولا زمهريرا ۱۳
divehi | އެތާނގައި އެއުރެން ދާންތަކުގެ މަތީގައި ލެނގިލައިގެން ތިބޭ حال ގައެވެ. އެތާނގައި އަވީގެ ހޫނެއް، ނުވަތަ ގަދަފިންޏެއްވިޔަސް އެއުރެން ނުދެކޭނެތެވެ. |
---|
ﮗ
ﮘ
ﮙ
ﮚ
ﮛ
ﮜ
ﮝ
ودانية عليهم ظلالها وذللت قطوفها تذليلا ۱۴
divehi | އެތާނގެ ގަސްގަހުގެ ހިޔާތައް، އެއުރެންނަށް ގާތްވެގެންވެއެވެ. އަދި ގަސްގަހުގެ މޭވާތައް ބިނުމަށް ފަހިކުރައްވައި ފަސޭހަކުރައްވާފައިވެއެވެ. |
---|
ﮞ
ﮟ
ﮠ
ﮡ
ﮢ
ﮣ
ﮤ
ﮥ
ﮦ
ويطاف عليهم بانية من فضة واكواب كانت قواريرا ۱۵
divehi | އަދި ރިހިންވާ ކަންވާރުތަކާއި، ފެންބޯ ތަށިތަކާއިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެތެވެ. އެ ތަކެތި ބިއްލޫރި ފަދައިންވެއެވެ. |
---|
ﮧ
ﮨ
ﮩ
ﮪ
ﮫ
ﮬ
قوارير من فضة قدروها تقديرا ۱۶
divehi | ރިހީގެ ބިއްލޫރި ތަކެކެވެ. އެއުރެން عدد ކޮށް، އެ ތަކެތި މިންވަރު ކުރާނެތެވެ. (އެބަހީ: އެ ތަށިތަކުގެ ބޮޑުކުޑަމިނާއި އެ ތަށިތަށްޓަށް އަޅާފައިވާ ތަކެތި، އެއުރެން ބޭނުންގޮތަކަށް ކަނޑައަޅާނެތެވެ.) |
---|
ﮭ
ﮮ
ﮯ
ﮰ
ﮱ
ﯓ
ﯔ
ويسقون فيها كاسا كان مزاجها زنجبيلا ۱۷
divehi | އަދި އެތާނގައި އެއުރެންނަށް ރާތަށްޓެއް ބުއިމަށް ދެއްވާނެތެވެ. އެއާ އެއްކުރައްވާފައިވާ އެއްޗެއްކަމުގައި ވަނީ، زنجبيل އެވެ. |
---|
ﯕ
ﯖ
ﯗ
ﯘ
ﯙ
عينا فيها تسمى سلسبيلا ۱۸
divehi | (އެއީ) އެތާނގައިވާ سلسبيل އޭ ނަމަކަށް ކިޔޭ އާރެކެވެ. |
---|
ﯚ
ﯛ
ﯜ
ﯝ
ﯞ
ﯟ
ﯠ
ﯡ
ﯢ
ﯣ
ﯤ
۞ ويطوف عليهم ولدان مخلدون اذا رايتهم حسبتهم لولوا منثورا ۱۹
divehi | އަދި ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ خدمة ގައި ބުރުޖަހާނެތެވެ. ތިބާޔަށް އެކުދިން ފެނިއްޖެނަމަ، އެކުދިންނީ، އެތަންމިތަނަށް ވިހުރުވައިލާފައިވާ ރަން މުތްތަކެއްހެން ތިބާޔަށް ހީވާނެތެވެ. |
---|
ﯥ
ﯦ
ﯧ
ﯨ
ﯩ
ﯪ
ﯫ
ﯬ
واذا رايت ثم رايت نعيما وملكا كبيرا ۲۰
divehi | އަދި ތިބާޔަށް އެތަން ފެނިއްޖެނަމަ (ސިފަނުކުރެވޭފަދަ) نعمة އާއި، ބޮޑުވެގެންވާ ވެރިކަމެއް ތިބާޔަށް އެތަނުން ފެންނާނެތެވެ. |
---|
ﯭ
ﯮ
ﯯ
ﯰ
ﯱ
ﯲ
ﯳ
ﯴ
ﯵ
ﯶ
ﯷ
ﯸ
ﯹ
ﯺ
ﯻ
عاليهم ثياب سندس خضر واستبرق ۖ وحلوا اساور من فضة وسقاهم ربهم شرابا طهورا ۲۱
divehi | ފެހިކުލައިގެ سندس ފޭރާމާއި، إستبرق ފޭރާމުން އެއުރެންގައި ފޭރާން ލައްވާނެތެވެ. އަދި ރިހި އުޅާތަކުން އެއުރެން ގަހަނާ އަޅުއްވާނެތެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންނަށް ސާފު طاهر ބުއިމެއް ބޯންދެއްވާނެތެވެ. |
---|
ﯼ
ﯽ
ﯾ
ﯿ
ﰀ
ﰁ
ﰂ
ﰃ
ﰄ
ان هاذا كان لكم جزاء وكان سعيكم مشكورا ۲۲
divehi | (އަދި އެއުރެންނަށް އަންގަވާނެތެވެ.) ހަމަކަށަވަރުން، މިކަންތައްވަނީ، ތިޔަބައިމީހުންނަށް (ހެޔޮ) ޖަޒާއެއް ކަމުގައެވެ. އަދި ތިޔަބައިމީހުންކުޅަ މަސައްކަތަކީ، شكر ލިބެނިވި ކަމެއްކަމުގައި ވެއެވެ. |
---|
ﰅ
ﰆ
ﰇ
ﰈ
ﰉ
ﰊ
ﰋ
انا نحن نزلنا عليك القران تنزيلا ۲۳
divehi | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް قرآن ވަކިވަކިކޮށް ބާވައިލެއްވީމެވެ. |
---|
ﰌ
ﰍ
ﰎ
ﰏ
ﰐ
ﰑ
ﰒ
ﰓ
ﰔ
ﰕ
فاصبر لحكم ربك ولا تطع منهم اثما او كفورا ۲۴
divehi | ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حكم ފުޅަށް، ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! އަދި އެއުރެންގެ ތެރެއިން ފާފަވެރިޔަކަށް، ނުވަތަ كافر އަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! |
---|
ﰖ
ﰗ
ﰘ
ﰙ
ﰚ
ﰛ
واذكر اسم ربك بكرة واصيلا ۲۵
divehi | އަދި ހެނދުނާއި، ހަވީރު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކުރައްވާށެވެ! |
---|
ﭑ
ﭒ
ﭓ
ﭔ
ﭕ
ﭖ
ﭗ
ﭘ
ومن الليل فاسجد له وسبحه ليلا طويلا ۲۶
divehi | އަދި ރޭގަނޑުން ބައެއްގައި، އެކަލާނގެއަށް ކަލޭގެފާނު سجدة ކުރައްވާށެވެ! އަދި ރޭގަނޑުގެ ދިގު ވަގުތުތަކުގައި، ކަލޭގެފާނު އެކަލާނގެއަށް تسبيح ވިދާޅުވާށެވެ! |
---|
ﭙ
ﭚ
ﭛ
ﭜ
ﭝ
ﭞ
ﭟ
ﭠ
ﭡ
ان هاولاء يحبون العاجلة ويذرون وراءهم يوما ثقيلا ۲۷
divehi | ހަމަކަށަވަރުން، މިބައިމީހުން ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރެތެވެ. އަދި ބަރުދަންހުރި ދުވަހެއް އެއުރެންގެ ފަހަތަށް ދޫކޮށްލަތެވެ. |
---|
ﭢ
ﭣ
ﭤ
ﭥ
ﭦ
ﭧ
ﭨ
ﭩ
ﭪ
ﭫ
ﭬ
نحن خلقناهم وشددنا اسرهم ۖ واذا شينا بدلنا امثالهم تبديلا ۲۸
divehi | ތިމަންރަސްކަލާނގެ އެއުރެން ހެއްދެވީމެވެ. އަދި އެއުރެންގެ ހެއްދެވުން ވަރުގަދަކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، އެއުރެންފަދަ އެހެންބަޔަކު ގެންނަވައި، ފުރިހަމަޔަށް އެއުރެން ބަދަލުކުރައްވައިފީމުހެވެ. |
---|
ﭭ
ﭮ
ﭯ
ﭰ
ﭱ
ﭲ
ﭳ
ﭴ
ﭵ
ﭶ
ﭷ
ان هاذه تذكرة ۖ فمن شاء اتخذ الى ربه سبيلا ۲۹
divehi | ހަމަކަށަވަރުން، މި قرآن އަކީ، ހަނދާންކޮށްދިނުމެކެވެ. ފަހެ، ބޭނުންމީހަކު، އެމީހާގެ ވެރިރަސްކަލާނގެ حضرة އަށް މަގެއް ހިފައިފާހުށިކަމެވެ. |
---|
ﭸ
ﭹ
ﭺ
ﭻ
ﭼ
ﭽ
ﭾ
ﭿ
ﮀ
ﮁ
ﮂ
ﮃ
ﮄ
وما تشاءون الا ان يشاء الله ۚ ان الله كان عليما حكيما ۳۰
divehi | އަދި اللَّه އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސްކަމެއް) ނޭދެވޭނެތެވެ. ހަމަކަށަވަރުން، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ. |
---|
ﮅ
ﮆ
ﮇ
ﮈ
ﮉ
ﮊ
ﮋ
ﮌ
ﮍ
ﮎ
ﮏ
ﮐ
يدخل من يشاء في رحمته ۚ والظالمين اعد لهم عذابا اليما ۳۱
divehi | އެކަލާނގެ އިރާދަކުރައްވާ މީހަކު، އެކަލާނގެ رحمة ގެ ތެރެޔަށް ވައްދަވަތެވެ. އަދި އަނިޔާވެރިންނަށްޓަކައި، ވޭންދެނިވި عذاب އެކަލާނގެ ތައްޔާރުކުރައްވާފައިވެއެވެ. |
---|

قرآن - سوره ۷۶ انسان - آیه ۱