سوره‌ها

جزء

بسم الله الرحمن الرحیم

اذا زلزلت الارض زلزالها ۱
divehi ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ.
واخرجت الارض اثقالها ۲
divehi އަދި އެ ބިންގަނޑު އޭގެ ބުރަތައް (އެބަހީ: ބިމުގެ އަޑީގައި ވަޅުލެވިފައިވާ خزانة ތަކާއި ކަށްތައް) ނެރެއުކާލައިފިހިނދެވެ.
وقال الانسان ما لها ۳
divehi އަދި އެ ބިންގަނޑަށް އެވަނީ ކީއްހެއްޔޭ އިންސާނާ ބުނެފިހިނދެވެ.
يوميذ تحدث اخبارها ۴
divehi އެދުވަހުން އެ ބިންގަނޑު، އޭގެ خبر ތަކުގެ ވާހަކަ ދައްކާނެތެވެ.
ﭿ
بان ربك اوحى لها ۵
divehi އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެ ބިމަށް އެކަން إلهام ކުރެއްވީތީއެވެ.
يوميذ يصدر الناس اشتاتا ليروا اعمالهم ۶
divehi އެދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ عمل ތައް ދެއްކެވުމަށްޓަކައެވެ.
فمن يعمل مثقال ذرة خيرا يره ۷
divehi ފަހެ، ذرّ އެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.
ومن يعمل مثقال ذرة شرا يره ۸
divehi އަދި ذرّ އެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.
مشاری راشد العفاسی
قرآن - سوره ۹۹ زلزله - آیه ۱
مشاری راشد العفاسی ترتیل
حالت پخش
تکرار آیه
مکث
اسکرول خودکار

باید بخوانید

اپ سلام قرآن

اپ شماره یک قرآن در کره زمین

اپ سلام قرآن
لطفا برای بهرمندی از تجربه مطلوب‌تر از مرورگرهای مطرح استفاده کنید.